ފެން ބިލް ނުދައްކާ ގިނަ ދުވަސްވެފައިވާ މީހުންގެ ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިތުރު ޕްރޮގުރާމެއް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާ ވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެކުންފުނީގެ އަމާޒެއް ކަމަށެވެ. މިގޮތުން، ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިޕްރޮގްރާމް ކުރިއަށް ގެންދާނީ ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ކަމަށެވެ. މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މައާފްކޮށް ދެވޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކައި ޚަލާސްކުރުމަށް ފަހު ޖޫރިމަނާ މައާފްކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލްއަކުން ހުށަހެޅުމުންނެވެ.

މިޕްރޮގްރާމް އާ ގުޅޭ އިތުރު މައުލޫމާތު މިކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު 105 އަށް ގުޅުއްވުމުން، ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވައިގެން ނުވަތަ [email protected] އަށް މެއިލްކުރުމުން ވެސް ލިބޭނެ އެވެ. ވީމާ،

"މި ފުރުސަތުގެ ބޭނުން ހިތްޕަވައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަވަން ޖެހިލައްވާ ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް ކަސްޓަމަރުންގެ ކިބައިން އެދެމެވެ. އަދި، ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ކަސްޓަމަރުން ވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމުގައި ފާހަގަކޮށް، މިހާރު ވެސް ތިޔަދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން،" އެ ކުންފުނިން ބުންޏެވެ.