ބޮލީވުޑްގެ ކުރީގެ ތަރި ސަނާ ޚާންއާއި އޭނާގެ ފިރިމީހާ މުފްތީ އަނަސްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ސަނާ ވަނީ އޭނާގެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބުނުކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް މިއީ އެ ދެމަފިރިންނަށް ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ނިއުމަތް ކަމަށް ބުނެފަ އެވެ.
ސަނާ ބަލިވެ އިންކަން އޭނާ ހާމަކުރީ މިއަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އޭގެ ތިން މަސް ފަހުން އޭނާ ވިހާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ވިހެއުމަށްފަހު ސަނާގެ ފުރަތަމަ ފޮޓޯ އާއްމުކޮށްފައިވާއިރު އޭނާ ފެންނަނީ ނޫ ކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ބުރުގައެއް އަޅައިގެން ހުއްޓަ އެވެ.
ސަނާއާއި މުފްތީ ކައިވެނިކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ކައިވެންޏަށްފަހު ފިލްމީ ދާއިރާއަށް ދުރަށް ދިޔަކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ.
ސަނާ ބުނީ ފިލްމީ ދާއިރާއިން ދުރަށް ދިޔައީ މާތް ﷲއަށް ކުއްތަންވާން ކަމަށާއި ދުނިޔަވީ އުފަލާއި މަޖަލުގައި ހަޔާތް ވޭތު ކުރަން ބޭނުންނުވާ ކަމަށެވެ.

މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކީ މިއީ
މެއި/ޖޫން އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން ދޫކުރަން ފަށައިފި
ލަވަކިޔުން ހުއްޓާނުލަން އަރިޖީތުގެ ކިބައިން އާމިރު އެދެފި