"އައިޓަމް ލަވަ" ކުޅެގެން މަޝަހޫރުކަން ހޯދައިފާއިވާ ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާގެ ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަލައިކާގެ ބައްޕަ އަނިލް އަރޯރާ ވަނީ މުމްބާއިގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ބަލި ހާލަތާއި ބެހޭ ގޮތުން އާއިލާއިން އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވެ އެވެ.

މަލައިކާ ވަރަށް ފަހު ވަނީ އޭނާގެ ބައްޕަގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފަ އެވެ.

މަލައިކާ، މަޝްހޫރުވީ ބޮލީވުޑްގެ ލަވަތަކަށް ނަށައިގެންނެވެ. އޭގެ ތެރޭގައި "ޗައްޔަ ޗައްޔާ" އާއި "ރަންގިލޯ މާރޯ ދޯލްނާ" އަދި "މުންނީ ބަދްނާމް ހުއި" ކަހަލަ ހިޓް ލަވަތައް ހިމެނެ އެވެ.

އުމުރުން 50 އަހަރުގެ ބަތަލާ މަލައިކާ އަކީ ސަލްމާންގެ ބޭބެ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. ނަވާރަ އަހަރުވީ ކައިވެނި، 2017 ގައި ރޫޅައިލިއިރު ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. މަލައިކާ މިހާރު އުޅެނީ އެކްޓަރު އަރްޖުން ކަޕޫރާ ރައްޓެހިވެގެންނެވެ.