ތައުލީމީ ފެންވަރު ނެތް ބައެއް ލީޑަރުން ގައުމުގެ ކަންކަން ނިންމަށް ތިބި ކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ކުރި ޓްވީޓަކަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

"ދި ކްއިންޓް" އަށް ދިން އިންޓަވިއުއެއްގައި އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބަތަލާ ކާޖޮލް ބުނީ އިންޑިއާގެ ސިޔާސީ މައިދާނުގައި ތައުލީމީ ގޮތުން ފެންވަރު ދަށް ލީޑަރުން ތިބި ކަމަށެވެ. މިކަމުގެ ސަބަބުން އިންޑިއާ ކުރިއަށް ދާލެން މަޑު ކަމަށްވެސް ކާޖޮލް ބުންޏެވެ. އަދި ގައުމު ހިންގަން ތިބ ލީޑަރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ގައުމުގެ ކަންކަން ފަހަތަށްދާ ތަން ފެނިގެންދާ ކަމަށް ކާޖޮލު ފާހަގަ ކުރި އެވެ.

"އެފަދަ މީހުންގެ ރަނގަޅު ތަސައްވުރެއް ނެތް. މައްސަކަ އަކީ ގައުމުގެ ހިންގަން ތިބި ބައެއް މީހުންގެ ތައުލީމީ ފެންވަރެއް ވެސް ނެތުން. މިހެން ބުނަން ޖެހޭތީ މައާފަށް ވެސް އެދެން، އެކަމަކު ހަގީގަތަކީ އަހަރެމެންގެ ކަންކަން ނިންމުމުގައި އެކަށީގެންވާ ފެންވަރުގެ މީހުން ނެތްކަން،" ގިނަ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ކާޖޮލު ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ކާޖޮލަށް ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އަދި ސިޔާސީ ބައެއް ފަރާތްތަކުން ވެސް ކާޖޮލަށް ފާޑުކިޔާފަ އެވެ.

ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންގެ ނުރުހުން އަމާޒުވުމުން ކާޖޮލު ވަނީ އޭނާ ދެއްކި ވާހަކަ ސާފުކޮށްދިނުމަށް ޓްވީޓެއް ކޮށްފައި އެވެ. އެޓްވީޓްގައި ކާޖޮލު ބުނެފައިވަނީ ދެއްކި ވާހަކަތަކަކީ އެއްވެސް ސިޔާސީ ލީޑަރަކު ކުޑައިމީސްކުރުމުގެ ނިޔަތުގައި ދެއްކި ވާހަކަތެއް ނޫން ކަމެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދޭ ކާޖޮލްގެ "ދަ ޓްރަޔަލް" ސްޓްރީމް ކުރަން ފަށަނީ މި މަހު 14 ގަ އެވެ.