ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެކަމަށެވެ. އެގޮތުން ހުޅުމާލެއިން ކަރަންޓު ކެނޑޭނީ ހެނދުނު 10:00 އިން 12:00 އަށް ހުޅުމާލެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ މިދިލިމަގާއި، ފިތުރޯނު މަގު އަދި އަސްރުމާ ހިނގުމުން ކަމަށެވެ. އަދި މެންދުރު 14:00 އިން 16:00 އަށް ހުޅުމާލެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަރަންޓު ކެނޑޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދު ވަގުތުގައި މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަފްގްރޭޑް ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

އަދި ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެ އެވެ.