ބޭނުންވާ ތަކެތި
- 500 ގްރާމް ބޯންލެސް ކުކުޅު
- 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
- 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ (ނެތް ނަމަ އާދައިގެ ހަކުރު ބޭނުން ކުރެވިދާނެ )
- 1 މޭޒުމަތީ ސަމުސާ ރާހުތް
- 1 މޭޒުމަތީ ސަމުސާ މާމުއި
- 1 މޭޒުމަތީ ސަމުސާ ލޮނުުމެދު (ޗިސްކޮށްފައި)
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
- 1 ސައިސަމުސާ ދިރި
- 1 ސައިސަމުސާ ދިރި ތެޔޮ
ތައްޔާރު ކުރާނެ ގޮތް
- ކުކުޅުތައް ރީތިކޮށް ކޮށާލުމަށްފަހު ބޮޑެތިކޮށް ކިއުބު ގޮތަށް ކޮށާލާށެވެ. 2 އިންޗި ދިގު އަދި 1 އިންޗި ފުޅާކޮށް ރަނގަޅުވާނެ އެވެ. އައުޓް ޑޯ ތަނެއްގައި ހަދާނަމަ ކުކުޅުކޮޅު ކޮށަންވާނީ ދެގުނަ ބޮޑުކޮށެވެ.
- ބާކީހުރި ހުރިހާ އެއްޗެއް އެއްކޮށް ހަކުރުކޮޅު ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ.
- މެރިނޭޓް ސޯސް ކުކުޅު ކޮޅުގައި ރަނގުޅަށް އުނގުޅާލުމަށްފަހު އައިސް އަލަަމާރީގައި 30 ވަންދެން މެރިނޭޓް ކޮށްލާށެވެ.
- ތަވާ އުނދުން މައްޗަށް އުދާ މެދުގިނީގައި ހޫނުކޮށްލާށެވެ. އެއަށްފަހު ކުކުޅުތައް ތަވާގައި ރީތިކޮށް އަތުރާލުމަށްފަހު މަޑު މުށިކުލަ އަރަންދެން ކައްކާލާށެވެ. ކައްކާއިރު ކުކުޅުކޮޅު ތައް ފުށުންޖަހާލަން ވާނެއެވެ. ކުކުޅު ކޮޅު ނުއަނދާނެހެން އުނދުނުގެ ގިނި ބަހައްޓަން ހަނދާން ކުރަންވާނެ އެވެ.