އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ހަ ދާއިރާއެއް އިތުރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅަނީ އާބަދީގެ ނިސްބަތަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިހާބު ކުރަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ދާއިރާ އިތުރު ވާނެ ކަމަށެވެ. އެއީ އެއީ؛ މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި، އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި އެވެ.

ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ ޢަދަދުތަކުގެ ތަފްސީލް އާންމުކުރާނެ ކަމަށް އެކޮމިޝަނުންވަނީ ބުނެފަ އެވެ. 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅަނީ އާބަދީގެ ނިސްބަތަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިހާބު ކުރަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދާއިރާތަކަށް ބަދަލު އަންނަ ކަމަށާ ކޮންމެ ފަހަރަކު ވެސް ގޮނޑި އިތުރުވާ ކަމަށެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ. މިއައި ބަދަލާއި އެކު މަޖިލީހަސް އިންތިހާބު ކުރާނީ 93 މެމްބަރުންނެވެ.