ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖް ކުރަން ފަށައިފި އެވެ.

ޖުމްހޫރީ މައިދަނުގައި ތިއްބެވި ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.

އެބޭފުޅުން ޖުމްހޫރީ މައިދާން މެދުގައި އިށީންގެ ލައިގެން ތިއްބެވީ އެވެ.

ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި އިށީންދެ ވަޑައިގެން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަސް ވަނީ ހުކުމް ކޮށްފަ އެވެ.