ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އޭނާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ހަޔާޝީގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން އެކްސްޗޭންޖް އޮފް ނޯޓްސް ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2018 ވަނަ އަހަރެވެ. އެއީ އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ތާރޯ ކޯނޯ އެވެ.
ގަދަ އަލީގައި ނިދުމަކީ ހިތުގެ ސިއްހަތަށް ނުރައްކާވާ ކަމެއް!
ބަނދަރު ފުންކުރަން ކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރާތީ ފާޑުކިޔަނީ
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!
