ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި އެކުންފުނީގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ އެވެ.

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ތިރީގައި ވާ ފައިބާ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ އެވެ.

  • ފައިބާ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ
  • ފައިބާ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ

މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ 20 ޖުލައި އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘UNL’ ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.