ތިބާއަކީ ގަސް ހައްދާ ފަރާތެއް ނަަމަ ގޭގައި ބޭނުންކުރާ ބިހުގެ ތޮށިތައް ދެން އުކާލައިގެން ނުވާނެ އެވެ. އާއްމުކޮށް ކުނީގެ ގޮތުގައި ބެލެވޭ ބިސްތޮށްޓަކީ ތިބާގެ ބަގީޗާއަށް އެތައް ގޮތަކުން ބޭނުންތެރި އެއްޗެކެވެ.

ގަސްކާނާގެ ގޮތުގައި ބޭނުން ކުރެވޭ

ބިސްތޮށްޓަކީ ގަސްކާނާއަށް ކެލްސިއަމް އިތުރު ކުރުމަށް މޮޅު އުކުޅެކެވެ. ބިސްތޮށީގައި ހިމެނޭ ކެލްސިއަމުގެ ސަބަބުން ގަސްތަކުގެ ސިއްހަތު ރަނގަޅުވެ އުމުރު ދިގުވެ އެވެ.

އެކި ކަހަލަ ސޫފާސޫފި ދުރުކޮށްދޭ

ގަހަށް ގެއްލުން ދޭ އެކި ކަހަލަ ސޫފާސޫފި ދުރުކޮށްދޭ "ޕެސްޓް ކޮންޓްރޯލް" އެއްގެ ގޮތުގައި ވެސް ބިސްތޮށި ބޭނުން ކުރެވެ އެވެ. ބިސްތޮށީގެ ވަހާއި އީގެ ހަރުކަމާ ހެދި ސޫފާސޫފި ގަސްތަކަށް އެރުން ދުރު ކޮށްދެ އެވެ.

އޮށް އިންދަން ބޭނުން ކުރެވޭ

ގަސް ފަޅުވަން އޮށް އިންދާއިރު މެދުން ފަޅާލާފައިވާ ބިހެއްގެ ތޮށިގަނޑަށް ވެލ އެޅުމަށްފަހު އިންދިދާނެ އެވެ. މިގޮތަށް ހަދާފއި ބިސް ޓްރޭ އެއްގައި ބެހެއްޓުމުން ބަގީޗާއަށް އިތުރު ރީތި ކަމެއް ވެސް ގެނެސްދޭނެ އެވެ.