ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ތިން ހާހަށްވުރެ ގިނަ ވޯޓް ހޯއްދަވައިގެން ރިޔާސީ ޓިކެޓް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ކާމިޔާބު ކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެމްދުރު 14:00 އިން އިރުއޮއްސި 6:00 އަށެވެ. ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވޯޓު ލާފައިވެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގެ ވޯތު ގުނުމުގެ ކަންކަން ކުރިއަށް ގެންދަނީ: ފޮޓޯ: ހުރިހާ

އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވެ އެވެ. ނުފެންނަ ކަމަށް 153 މީހުން ވޯޓް ދީފައިވެ އެވެ. އެހެންވީމާ އިލްޔާސްއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ވޯޓު ދިން މީހުންގެ ތެރެއިން 95 އިންސައްތަ މީހުންގެ ވޯޓާއެކު އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. ޑިމޮކްރެޓްސްގެ ދަފްތަރުގައި 4100 މެމްބަރުން މިހާރު އެބަތިއްބެވެ. އެ ހުރިހާ މެމްބަރުންނަށްވެސް ވޯޓުލުމުގެ ފުރުސަތު ލިބޭ އިރު މިއަދުގެ އިންތިހާބު ހިނގަމުންދާއިރު ވެސް ޕާޓީއަށް ސޮއިކޮށް، ވޯޓުލުމުގެ ފުރުސަތު ލިބެ އެވެ.