ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ޔާމީންގެ ރަނިންމޭޓް ކަމަށް ޑރ. ޖަމީލް ހަމަޖެއްސެވިތާ އިރުކޮޅެއްފަހުން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ރަނިން މޭޓަކަށް އިޚްތިޔާރު ކުރެއްވީތީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
"އަދި، މި ފުރުޞަތުގައި ޕާޓީގެ ލީޑަރޝިޕާއި ސެނެޓަރުންނާއި ޢާންމު މެންބަރުން ކުރައްވާ އިތުބާރަށް ވެސް ޝުކުރު އަދާކުރަން. އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިއިރު، ވ. އާރަށް މައްސަލާގައި އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމިންގެ ރަނިންމޭޓްއަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އިރު 2012ގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ ޖަމީލް އެވެ. އަދި އެއީ ރައީސް ޔާމިންގެ ފުރަތަމަ ނައިބު ރައީސް އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ޑރ. ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވައްދާ ފާސްކޮށްފަ އެވެ.
ޑރ. ޖަމީލް ރައީސް ޔާމީންގެ ޔާމީންގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވީ އެއް އަހަރާއި އަށް މަސް ދުވަސް ވަން ދެންނެވެ.
އޭރު ޑރ. ޖަމީލްގެ މައްޗަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތުހުމަތު ކުރީ އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާކަމުގެ ތުހުމަތެވެ. މަޖިލީހުން ޑރ. ޖަމީލްގެ އިތުބަރުނެތް ކަމުގެ މައްސަލަ ފާސްކުރުމުން އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
މިސަރުކާރުގައި ރައީސް ޔާމީން ޖަލަށް ލެއްވި ފަހުން ޑރ. މުހައްމަދު ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެއްމެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
މަރުހަބާޖަމީލު މަނިކުފާނުގެ ފަހައްޕުޅުގާސާބިތުވެތިބޭނަން އިންށާﷲ