މި އަހަރު ބާއްވަން ހަމަޖެހިފައިވާ 72 ވަނަ މިސް ޔުނިވާސް މުބާރާތުގެ ފިނާލޭ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެލް ސެލްވެޑޯގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރާ ގޮތުގައި މި އަހަރުގެ މުބާރާތުގައި ޖުމްލަ 90 ގައުމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ވާދަކުރާ ޕާކިސްތާން ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ އިތުރުން އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މިސްރު ވެސް މި އަހަރުގެ މުބާރާތުގައި ބައިވެރިެވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މިދިޔަ އަހަރު ބާއްވަން އޮތް 71 ވަނަ މިސް ޔުނިވާސް ފީފާ ވޯލްޑް ކަޕްއާ ދިމާވާތީ ފަސްކުރެވި އެ މުބާރާތް ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މުބާރާތް ކާމިޔާބު ކުރީ މިސް ބަހްރެއިން އެވެ.

މިސް ޔުނިވާސްއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ރީތީގެ ރާނީން ބައިވެރިވާ އެކި ބުރުތަކަކަށް ބަހާލެވިގެން ކުރިއަށްދާ ރީތީގެ މުބާރާތެކެވެ.