މާބަނޑު ދުވަސްވަރަކީ ސިއްހަތަށް ބޮޑު ސަމާލު ކަމެއް ދޭން ޖެހޭ ދުވަސްވަރެކެވެ. ހާއްސަކޮށް ކެއިން ބުއިމުގެ އާދަތަކަކީ މާބަނޑު އަންހެނުން އަހައްމިއްޔަތުކަން ދޭން ޖެހޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މާބަނޑު އަންހެނުން ކެއުމުން ދުރުވާން ޖެހޭ ބައެއް ކެއުންތަކަށެވެ.

ރޯ ބިސް

މާބަނޑު މީހުން ރޯ ބިހާއި އެފަދަ ބިހުން ތައްޔާރުކޮށްފައި ހުންނަ ކާނާ ކެއުމާ ދުރުވާން ޖެހެ އެވެ. ސަބަބަކީ މިފަދަ އެއްޗެހިން ސަލްމޮނެލާ އާއި ކާނާ ވިހަވުމުގެ މައްސަލަ ދިމާވެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެތީ އެވެ.

މުރަނގަ ތޮޅި

މުރަނގަތޮޅިއަކީ މާބަނޑު މީހުން ކާން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ މުރަނގަ ގަހުގައި އަލްފާ-ސިޓޮސްޓެރޯލް އެކުލެވޭތީ އެވެ. އެސްޓްރޯޖަން ފާޑުގެ މި ސްޓްރަކްޗާއިން ބައިގެން ދިއުން އެކަށީގެންވެ އެވެ.

ފަޅޯ

ފަޅޯ، ޚާއްސަކޮށް ފެހި ކުލައިގައި ހުންނަ ޅަ ފަޅޮލަކީ ބައިގެން ދިއުމަށް މަގުފަހިވާ އެއްޗެކެވެ. ސަބަބަކީ ޅަ ފަޅޮލުގައި ހުންނަ އެންޒައިމްއެއްގެ ސަބަބުން ބަނޑަށް ވޭން ވަރު އަންނަ ގޮތް މެދުވެރިވާތީ އެވެ. މިގޮތަށް ވޭންވަރު ނެގުމަކީ ބައިގެން ދިއުމަށް މަގުފަހިވާ ކަމެކެވެ.

އަލަނާސި

ގިނަ އަދަދަކަށް ބްރޮމެލައިން އެކުލެވޭ އަލަނާސީ ބަލިވެ އިންތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކައި އޭގެ ޖޫސް ބޯ ނަމަ ބައިގެން ދިއުން އެކަށީގެންވެ އެވެ.