ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
މި ހުކުމާ ގުޅިގެން ފަސް އަހަރުވަންދެން ސިޔާސީ ހަރަކާތުގައި ހަރަކާތްތެރިވުން އިމްރާންޚާނަށް ވަނީ މަނާކޮށްފަ އެވެ. އަދި ހުކުމާއެކު ޕާކިސްތާނުގެ ފުލުހުން ވަނީ އިމްރާން ޚާން ހައްޔަރުކޮށްފަ އެވެ.
މިދިޔަ މޭމަހު އިމްރާން ޚާން ބަންދުކުރުމުން އެ ގައުމުގެ ސުޕްރީމް ކޯޓުގެ ކައިރިއަށް ގިނަ ބަޔަކު އެއްވެ އިހުތިޖާޖުކޮށްފައިވެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވެރިކަމުން ދުރުކޮށްފައިވާ އިމްރާން ޚާން އޭރު ހައްޔަރުކުރީ އެ ގައުމުގެ ޕްރޮޕަޓީ ޑެވެލޮޕަރެއްގެ އަތުން ނާޖާއިޒު ގޮތުގައި އަގު ބޮޑު ބިމެއް ލިބިވަޑައިގެންފައިވާކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ވެސް ހައްޔަރު ކޮށްފާނެ ކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.
އިމްރާންޚާންގެ މައްޗަށް އެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
އީރާނުގެ ހާރިޖީ ވަޒީރު ރަޝިޔާއަށް ވަޑައިގަންނަވަނީ
ނޮޅިވަރަމުން އިރުއިރުކޮޅާ ކަރަންޓް ކެނޑޭތާ ތިން މަސް
އާދަމް ޝަރީފާއި ތޯރިގަށް ރައީސް މުއިއްޒު ވަޒީފާއެއް ދެއްވައިފި