އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްގެ ދަރިކަލުން އަހްމަދު ތައުފީގު ނިޔާވެއްޖެ އެވެ.
އުމުރުން 47 އަހަރުގެ އަހުމަދު ފުއާދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ފުއާދުގެ ދަރިކަލުން ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، ފަރުވާއަށް ބޭސް ކުރައްވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުއާދުގެ ދަރިކަލުން ގެންދެވީ ފުއްޕާމޭގެ ފަރުވާއެއް ހޯއްދަވަމުންނެވެ.
ފުއާދު ތައުފީގުގެ ފަސް ބޭފުޅުންގެތެރެއިން ދެވަނައަށް ހުންނަވާ އަޙްމަދު ފުއާދަކީ ރިސޯޓް މިއުޒިކްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މިއުޒީޝަނެކެވެ.
ދަރިކަލުން ނިޔާވެފައިވާއިރު މިއަދަކީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ފޯމް ހުށައަޅުއްވަން ޖެހޭ ފަހު ދުވަސް ކަމަށް ވާތީ ފުއާދު ހުންނެވީ މާލޭގަ އެވެ.
ޣައްޒާގެ ހައްގުގައި ގިނަ ތަރިންތަކަކާ ގުޅުން ކަނޑާލިން: މާކް
ވެމްކޯގެ މެނޭޖްމަންޓުގައި ތިބީ ކަންނެތް ބައެއް: މޭޔަރު އާޒިމް
ޖެން ޒީގެ ޒުވާނުންނަށް ކަންގަނާގެ ހޫނު ބަހުގެ ހަމަލާތަކެއް!