ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
ޑރ. ވަހީދާއެކު ބޭއްވި ބައްދަލުވުން އޮތީ މިއަދު ޑރ. ވަހީދުގެ ގެކޮޅުގަ އެވެ.
ވާހީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެއް ނަމަވެސް އެކަމުގެ ތަފްސީލެއް ޖޭޕީ އިން ވެސް ހާމައެއް ނުކުރެ އެވެ.
ޑރ. ވަހީދާއި ގާސިމް ބައްދަލު ކުރެއްވިއިރު ވަހީދުއަކީ ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެކެވެ.
ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވީ ޑރ. ވަހީދާ އެކު ބެއްވެވި ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށް ވަހީދުގެ ތާއިދު ހޯއްދެވުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. ވަހީދުއަކީ ވެސް ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅެއް ނަމަވެސް އިންތިހާބުގައި ވާދަނުކުރައްވަ އެވެ. އެހެންވެ ގާސިމް ބައްދަލުކުރެއްވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޑރ. ވަހީދު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީ ޓިކެޓްގައި ވާދަކުރައްވަނީ ޕީއެންސީ އިން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ގާސިމް މިއަދު ވަނީ ކެންޑިޑަސީ ފޯމު ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. އަދި އެ ފޯމު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބަލައިގެންފަ އެވެ.