އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ކުރަން ހަމަޖެހިފައިވާ ކެމްޕެއިން ދަތުރުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި ހުރި ތަނުގައި ހުޅުޖަހައިިފި އެވެ.
އެ ރަށުގެ އުތުރު ފަރާތުގައި ހަދާފައިވާ އެ ތަނުގައި ހުޅުޖެހުމުން ހުރި ވަރަށް ގިނަ ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ.
މިހާދިސާއާއި ގުޅިގެން ރައީސް މަޑަވެއްޔަށް ކުރާ ދަތުރުފުޅު ކެންސަލު ކޮށްފައެއް ނުވެ އެވެ. އަދި މިއަމަލު ހިންގުމުން ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.
ހުޅުޖެހި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ނަމަވެސް، ތުހުމަތުގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
އީރާނުން އެމެރިކާގެ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާ
ތިއަޔަކުން ރައީސް ސާލިހުގެ ވޯޓެއް މަދެއް ނުވާނެ ތީވަރަށް ދައްފަންތީގެ އަމަލެއް