ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

ޑރ .ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގަތީ ރޭގަ އެވެ.

މީގެ 10 އަހަރު ކުރިން އެ ޕާޓީއާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ ސަރުކާރުގައި ގާއިމުކުރި ހަމަޖެހުމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށާއި އެ ކަންކަމުގެ ނަތީޖާ މިއަދު ފެންނާތީ އުފާކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު ރަސްމީކޮށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެޕާޓީއަށް ސޮއި ކުރައްވާނީ ޖޭޕީގެ މެނިފެސްޓޯ އިއުލާން ކުރެއްވުމަށް އދ. މާމިގިލީގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ކެންޑިޑޭޓެއް ނުނެރި ޕީއެންސީ އިން ކެންޑިޑޭޓެއް ނެރުމުން އެކަމާ ޑރ. ވަހީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ޑރ. ވަހީދު ޖޭޕީއާ ގުޅެން ނިންމިއިރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މިދިޔަ ހޯމަ ދުވަހު ޑރ. ވަހީދާ ބައްދަލުކުރައްވާފަ އެވެ.

ޑރ. ވާހީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.