ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުންގެ ތާއީދުނެތުމުން "ގައިދީއެއް"ގެ ފޮޓޯ ޖަހައިގެން ކެމްޕެއިން ކުރަމުންގެންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ޑރ. މުއިއްޒުއަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ މުއިއްޒު ރަށްތަކަށް ވަޑައިގެން ކޮށްދެއްވާނެ ކަމެއް ނެތުމުން މިސަރުކާރުން އެ ރަށްތަކަށް ކޮށްދީފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވައުދުވަމުން އަންނަ ކަމަށެވެ. އަދި މިސަރުކާރުން ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވާ ކަންކަން އެކަނި ނޫން ކަމަށާއި މިސަރުކާރުން ހިންގަފައިވާ މަޝްރޫއުތައް އަލުން ހިންގާނެ ކަމަށް ބުނެ ވެސް މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރި ކެނޑިޑޭޓް, ޕީއެންސީ ސަލަފުގެ މުއިއްޒު, މި ބޭފުޅާ ތަންތަނަށް އަރުއްވާ ވައުދުވެވަޑައިގަންނަވާއިރު, އަޅުގަނޑުމެން ހަމަ ތިބޭފުޅުންނަށް ދަންނަވަން ކޮންމެ ފަހަރަކު ވެސް ވައުދެއް މި ވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއަކާ ބެހޭ ގޮތުން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ ނަމެެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ފޮޓޯ ޖައްސަވައިގެން އެ އުޅުއްވަނީ މުއިއްޒުއަށް ރައްޔިތުންގެ ތާއީދު ނެތްކަން އެނގިވަޑައިގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެން ދެއްކެވި ވާހަކަތަކުން ވެސް ޕާޓީ ރޫޅިފައި އޮތްކަން ދޭހަވާ ކަމަށެވެ. އަދި މުއިއްޒުއަކީ ޕީއެންސީ/ ސަލަފްގެ ކެންޑިޑޭޓެއް ކަމަށް މާރިޔާ މިއަދު ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވަމުންގެންދަވާ ވާހަކަތަކަށް ވެސް މާރިޔާ ރައްދު ދެއްވި އެވެ.
މާރިޔާ ވިދާޅުވީ މުއިއްޒުއަށް ރައީސް ޔާމީން މިނިވަން ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އެއީ މުޅިން ޕީޕީއެމްގެ ސަޕޯޓަރުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ މެނިފެސްޓޯގައި އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދޭން ހިމަނާފައިވާތީ އެކަމާ ކަންބޮޑުވާކަމަށް މުއިއްޒު ވިދާޅުވި ވާހަކަތަކަށް ވެސް މާރިޔާ ވަނީ ފާޑުވިދާޅުވެފަ އެވެ. މާރިޔާ ވިދާޅުވީ އިސްލާމް ދީން ކިޔަވައިދިނުމަކީ ގައުމިއްޔަތުގެ ބައެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީނަކީ އިސްލާމް ދީނަކީ ދިވެހިންގެ އަގީދާ ކަމަށެވެ.
ދިވެހި ބަހާއި އިސްލާމް ދީނާ ސީދާ ގުޅުމެއް ނެތް ކަމަށާ ކީރިތި ގުރުއާނާއި ހަދީސްތައް ވެސް އައިސްފައި ވަނީ އަރަބި ބަހުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
ގާބިލުބޭފުޅެއްކަން
ތިކަމެއް އެގޭނީ ސެޕްޓެއްބަރު 9 ގައި ނަގާ ވޯޓް އިންޝާﷲ