ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް އެ އިދާރާއިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭ ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިއާއު ޔަގީންކޮށްދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުން މިފަދަ މައްސަލައެއް ހުށަހަޅާފައިވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ރިޝްވަތު ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ގެންދަވަނީ ލަދެއް ނެތި ބިރެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެމްބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށެވެ. އެކަމުން ވާނެ މޮޅެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އަލުން އަނބުރާ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ޞޯލިހު އެ ބޭފުޅުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
ގައުމު މިއޮތީ ކޮރަޕްޓްވެފަ މާބޮޑަށްވެސް، ރިސްވަތުދީ ރިސްވަތުނަގާފަ މޮޅުވާހަކަވެސް ޕޯޑިއަމްތަކުގަދައްކަނީ ހަމަ މިމީހުން.