އިންޑިއާގެ 69 ގައުމީ ފިލްމު އެވޯޑްސްގެ ލިބުނު ފަންނާނުގެ ނަންތައް ހާމަކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންޑިއާގެ 69 ވަނަ ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑްސް ލިބިފައިވަނީ "ޕުޝްޕާ" އިން އައްލޫ އަރްޖުން އަށެވެ. މި ފިލްމް އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމްއެކެވެ. މީގެ އިތުރުން ފިލްމް އަކީ ބޮޑު އާމްދަނީއެއް ހޯދި އަދި އައްލުގެ އެކްޓިންގް އަށް ގިނަ ބަޔަކު ތައުރީފް ކުރި ފިލްމްއެއް ވެސްމެ އެވެ.
އަދި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓާއި ކްރިތީ ސެނަން އެވެ. އާލިއާ އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއި ކަޓިއާވަޅީ" އޭނާ ކުޅެފައިވާ ރޯލަށެވެ. ކްރިތީއަށް އެވޯޑް ލިބުނީ ފިލްމު "މިމީ"ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ.
އިންޑިއާގެ 69 ވަނަ ގައުމީ ފިލްމު އެވޯޑުގައި 23 ބަހަކުން އުފައްދާފައިވާ 158 ނޮން ފީޗާ ފިލްމާއި 23 ބަހަކުން އުފައްދާފައިވާ 280 ފިލްމު ވާދަކުރި އެވެ.
އިންޑިއާގެ ގައުމީ އެވޯޑު މިފަހަރު ތަފާތު 70 އަށް ވުރެ ދާއިރާ އިން ވަނީ ދީފަ އެވެ.
އެންމެ މުހިންމު އެވޯޑުތައް ލިބުނީ ދެކުނު އިންޑިއާގެ ސިނަމާގެ ފިލްމުތައް ކަމަށްވާ "ސަރުދާރު އުދަމް" އާއި "އާރުއާރުއާރު" އަދި ބޮލީވުޑްގެ ފިލްމު "ގަންގޫބާއި ކަތިއަވާޑި" އަށެވެ.
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ
މި ތަންތަނުގައި ފޯނު ބާއްވައިގެން ނުވާނެ!
ސޮނީއިން "ލަބޫބޫ" ފިލްމެއް ގެނެސްދެނީ!