މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދުވެސް ބައެއް ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފި އެވެ.

މެޓުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގައިރު ފަހުން ވާރޭ ވެހުން ހުއްޓޭނެ ކަމަށާއި އެހެން ނަމަވެސް މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރާގައި މީހުން ކުޑަ ނަގައިގެން ސައިކަލުގައި ދަތުރުކުރަނީ. ފޮޓޯ: ޚަލަފް ހަސަން | ހުރިހާ

ވޭތުވެ ދިޔަ ހަތަރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވިއްސާރަ ކުރަމުންނެވެ.

ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އަދި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެ އެވެ.