މިހާރު ހުރި ޕާކިން ޖޫރިމަނާތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މައާފު ކޮށްދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަނެތި، ސްޓިކާ ޖަހަމުން ދިޔުމުގެ ސަބަބުން ޖޫރިމަނާ އިތުރުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ރައީސަށް ލިބެމުންދާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަމުންދާކަށް ރައީސަށާއި، ސަރުކާރަށް ވެސް ގަބޫލުކުރެއްވޭތީ، ޖޫރިމަނާތައް މައާފްކޮށްދެއްވަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މާލީގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު، އެ ޖޫރިމަނާތަކަށް ފައިސާ ނުދެއްކި އިތުރުވަމުން ދާތީ ރައްޔިތުންނަށް ލުއި ގޮތެއް ހަމަޖައްސަވައިދިނުމަަށް ރައީސް ނިންމެވީ ކަމަށް މިއުވާން ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެން ވެސް ރައީސް ވަނީ އެހާތަނަށް ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް މައާފްކޮށްދެއްވާފަ އެވެ.