މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ "ހަސަން ކުރުސީ" ޓްވިޓާ (އެކްސް) އެކައުންޓް ސަސްޕެންޑްކޮށްފި އެވެ.

ހަސަން ކުރުސީގެ އެ އެކައުންޓް ސަސްޕެންޑްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. އެ އެކައުންޓުން ކުރިން ކޮށްފައި ހުރި ޕޯސްޓްތައް މިހާރު ނުފެނެ އެވެ. ހުރިހާ ޕޯސްޓްތަކުގައި ވަނީ އެއީ ސަސްޕެންޑް ކޮށްފައިވާ އެކައުންޓެއް ކަމަށެވެ.

އެ އެކައުންޓް ސަސްޕެންޑް ކުރިއިރު، އެ ކައުންޓު ހިންގާ ފަރާތް ހޯދަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެ އަމުރު ކޯޓުން ނެރެ ދީފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެނެވެ.

ހަސަން ކުރުސީ އެކައުންޓްގެ ސްކްރީން ސޮޓެއް

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ އެކައުންޓެކެވެ. ނަމަވެސް ނަޝީދު އެކަން ދޮގުކުރައްވަ އެވެ. އެ އެކައުންޓުން ގެންދަނީ އެތައް ބަޔަކާ ޒާތީ ގޮތުން ދިމާކޮށް ދައުލަތުގެ މުހިއްމު ބައެއް ސިއްރު މައުލޫމާތު ވެސް ހާމަކުރަމުންނެވެ.