މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ އަށް ތާއިދުކޮށް ކޯލިޝަން ހެދުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމަ ކޯލިޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޕީ އިން އެގޮތަށް ފާސްކުރީ އެކަމާ މެދު ގޮތެއް ނިންމަން ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

އެމްއެންޕީއާއި ޕީއެންސީއިން މިއަދު ވަނީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒުއަށް 101581 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއަށް ލިބިވަޑައިގެންނެވީ 86164 ވޯޓެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް އަށް ލިބިވަޑައިގެންނެވީ 1862 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %1 އެވެ. އެމްއެންޕީ އަކީ ޕީޕީއެމް، ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ނިންމި ފުރަތަމަ ޕާޓީ އެވެ.

އެމްއެންޕީގެ ކައުންސިލުން އެގޮތަށް ފާސް ކުރި ނަމަވެސް އެކަމަށް މިހާތަނަށް ޕީޕީއެމް، ޕީއެންސީ އިން ވަކި އެއްޗެއް ނުބުނެ އެވެ.