ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސްގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.

މީގެ ކުރިން ވެސް ކެޓްރީނާ ވަނީ އެއާލައިންގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. 2010 ވަނަ އަހަރު ކެޓްރީނާ އެއާލައިންގެ އެމްބެސެޑަރެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތަށް ބަލާފައި މިއަހަރުވެސް އެއާލައިން ވަނީ ކެޓްރީނާ އެމަގާމަށް ހަމަޖައްސާފަ އެވެ.

އިއްތިހާދު އެއާވޭސް އިން މިހާރު ވަނީ ކެޓްރީނާ ހިމަނައިގެން ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

https://www.youtube.com/watch?v=v9TemshNOs8

ކެޓްރީނާ އަށް އަލުން މި ލިބުނު ފުރުސަތުގައި އިއްތިހާދު އެއާވޭސް އިންޑިއާގައި އިތުރަށް އިޝްތިހާރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އިއްތިހާދު އެއާވޭސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިނެވެ. ރާއްޖެއަށްވެސް މިއެއާލައިން އަންނަނީ ދަތުރުކުރަމުންނެވެ.

ކެޓްރީނާ އަކީ މިހާރު ވެސް ގިނަ ބްރޭންޑްތަކުގެ އެމްބެސެޑަރުގެ ގޮތުގައި ހަރަކާތެރިވާ ބަތަލާއެކެވެ. އަދި ބްރޭންޑްތައް އިޝްތިހާރުކޮށްގެން ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިން ތެރޭގައި ކެޓްރީނާ ހިމެނެ އެވެ.

އިއްތިހާދު އެއާވޭސްގެ އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖެއްސި އިރު، އިންޑިއާގެ ބަތަލާ މަޝްހޫރު ދީޕިކާ ޕަދްކޯން އަކީ ގަތަރު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރެކެވެ. އެކަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.