1000 ކްރޯޑް ރުޕީސްގެ ޕޮންޒީ ސްކީމް މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާ ފުލުހަށް ހާޒިރު ކޮށްފާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ޕޭން އިންޑިއާ ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން ކްރިޕްޓޯ އިންވެސްޓްމަންޓްއާ ގުޅުވައި ހިންގި ޕޮންޒީ ސްކީމެއްގައި ގޯވިންދާގެ ބައިވެރިވުންވެ އެވެ.
އޮޑީޝާ ޕޮލިސް ސްޓޭޝަންއިން މި މައްސަލަ ބަލަމުން އަންނައިރު ވަރަށް އަވަހަށް އެ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ގޯވިންދާ ފުލުހަށް ހާޒިރުވާން އެންގުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެހެން ނަމަވެސް އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެ ގޯވިންދާ ވަނީ އެ ތުހުމަތުތަކަށް ދެކޮޅު ހަދާފަ އެވެ.
ގޯވިންދާއަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ތަރި އެކެވެ. އޭނާ އާއްމުކޮށް ފެންނަނީ ހެއްވާ މަޖާ ރޯލުތަކުންނެވެ.
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި