މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން ނަގާ އަގުތައް ކުޑަކުރަން ނިންމައިފި އެވެ.
އެގޮތުން ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ވޯފޭޖް ޗާޖް އާއި، ހޭންޑްލިން އާއި، ސްޓީވަޑޯރިންއާއި، އެމްޕްޓީ އަންލޯޑިން އަދި ހޭންޑްލިން ޗާޖަސްގެ އަގު ވަނީ 25 ޕަސެންޓު ކުޑަކޮށްފަ އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މާލޭގެ މައި ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ކުންފުނީގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކަށް ނަގާ އަގުތައް ކުޑަކުރަން ނިންމާ މިދިޔަ ހުކުރު ދުވަހުން ފެށިގެން ބިލްކުރަނީ ކުޑަކުރި އަގުގައި ކަމަށެވެ.
ޑޮމެސްޓިކް ޓްރާންޝިޕްމަންޓަށް ނަގާ ފީތައް ކުޑަކުރުމުން ރާއްޖެ އަށް މުދާ އެތެރެކޮށް ޕޯޓުތަކުން ކްލިއާ ކުރުމަށް ކުރާ ހޭދަ ކުޑަވާނެ އެވެ. މިއާ އެކު އުތުރާއި ދެކުނުގެ ޕޯޓުތަކަށް ފޮނުވާ މުދަލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.
އާ ކައިވެންޏާ ބެހޭ ގޮތުން އާމިރު ވާހަކަ ދައްކައިފި
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި