ރިޔާސީ އިންތިހާބާ ގުޅިގެން ހިޔާ ފްލެޓް ތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމަށް ބުނެ ބައެއް ނޫސް ތަކުގައި ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯއިން މިހެން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ޓަވަރު ތަކުން ކަރަންޓު ކަނޑާލަން ސްޓެލްކޯއިން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ނެރުނު ހަބަރަކާ ގުޅިގެނެވެ.
ސްޓެލްކޯއިން ބުނީ ބައެއް މީޑިއާތަކުން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ދޮގު ހަބަރު ފަތުރަމުންދާކަން ފަހަގަ ކުރެވޭ ކަމަށެވެ. އެގޮތުން އިންތިހާބާ ގުޅުވައި ހިޔާފްލެޓްތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުންޏާ ގުޅެގޮތުން ފަތުރަމުންދާ އެފަދަ ހަބަރުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމަށެވެ.
ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންނަން ޖެހޭ އަޕްގްރޭޑުގެ މަސައްކަތެއް ކުރާ ނަމަ އެކަން ދުރާލާ ރައްޔިތުންނަށް އަންގަމުން ގެންދާ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ. އެއާ ހިލާފަށް ކުންފުނީގެ މެނޭޖްމެންޓުން އަމަލުކޮށް، އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކަނޑާލައިފައި ނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ސްޓެލްކޯއިން ބުނެ އެވެ.