އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ހެނދުނުގެ ނިދި ފިލުވާލަނީ ކޮފީ ތަށްޓަކުންނެވެ. ހެނދުނު ހޭލާ ގޮތަށް ކޮފީ ތައްޓެއް ބޯ ލުމުން ދުވަސް އުފާވެރިކޮށްދީ، ތާޒާ ކޮށްދޭއިރު އެކަމުން ސިއްހަތަށް ވެސް ފައިދާ ކުރެއެވެ.
ނަމަވެސް ހެނދުނު ތެދުވާ ގޮތަށް ހޫނު ކޮފީ ތައްޓެއް ބޯލުމަށް ހިތް އެދުނަސް، އެއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ސައިންސްވެރިން ބުނާގޮތުގައި ކޮފީ ބޯން އެއަށްވުރެ ރަނގަޅު ވަގުތެއް އެބަ އޮތެވެ.
ސައިންސްވެރިން ބުނާގޮތުގައި، ހެނދުނު ހޭލާ ގޮތަށް ކޮފީ ތައްޓެއް ބުއިމަށްވުރެ ހެނދުނު ނާސްތާއަށްފަހު ގަޑިއިރެއް ފަހުން ކޮފީ ތައްޓެއް ބުއިން މާ ރަނގަޅެވެ.
މިކަމާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިން ބުނާގޮތުގައި، ހެނދުނު ހޭލައިގެން ދާ ފުރަތަމަ ވަގުތަކީ ތިމާގެ ހަށިގަނޑުގައި ކޯޓިސޮލް ނަމަކަށް ކިޔާ ހޯމޯނެއް އުފައްދާ މިންވަރު ތިންގުނަ އިތުރު ވަގުތެކެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން، ކޯޓިސޮލް އަކީ “ސްޓްރެސް ހޯމޯން” އެކެވެ. އެހެން ނަމަވެސް ކޯޓިސޮލްއަކީ “އެލާޓްނެސް ހޯމޯން” ނުވަތަ މީހާގެ ހަށިގަނޑު ހޭލައްވާލާ ހޯމޯން އެކެވެ.
ސްޓްރެސްވާ ވަގުތު، ތިމާގެ ހަށިގަނޑު ހުށިޔާރުވުމަށް ނުވަތަ ސްޓްރެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މިބުނާ ކޯޓިސޮލް ގިނަ އަދަދަކަށް ހަށިގަނޑުގައި އުފައްދައިދީ ހަށިގަނޑު ހުށިޔާރު ކުރުވުމަށް މި ހޯމޯން އެހީވެދެ އެވެ.
ކޮންމެއަކަސް ކްރޮނޯޕާމަކޮލޮޖިސްޓުން ބުނާ ގޮތުގައި، ތިމާގެ ހަށިގަނޑުގައި އެންމެ ގިނައިންކޯޓިސޮލް އުފައްދައިދޭ ވަގުތުގައި ކެފެއިން ބޭނުންކުުރުމުން، ކޯޓިސޮލް އުފައްދައިދޭ މިންވަރު ދަށްވުމަށް ހަށިގަނޑަށް އާދަވެއެވެ. އޭގެ އިތުރުން ކޯޓިސޮލް އިން ހަށިގަނޑަށް ގެނެސްދޭ ހުށިޔާރުކަމަށް ވެސް އޭގެ އަސަރު ކުރެ އެވެ.
އެހެން ކަމުން ހެނދުނު ހޭލާ ގޮތަށް ކޮފީ ބުއިމުގެ ބަދަލުގައި ނާސްތާގެ ފަހުން ކޮފީ ބޯން އާދަ ކުރާށެވެ.