އެމްޑަބްލިއުއެސްސީއަށް ސްޓެލްކޯގެ ކަރަންޓު ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވެނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި ކެނޑިނޭޅި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ސަބަބުންނެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓް ބޭނުން ކޮށްގެން ކަރަންޓު އުފައްދަމުންގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން މިހާރު ގްރިޑަށް ބަރޯސާވަމުން އިތުރުވެފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އަކީ ކުރިން އެ ކުންފުނީގެ އަމިއްލަ ޖަނަރޭޓަރު ސެޓެއް ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރި ކުންފުންޏެކެވެ.
ސްޓެލްކޯއިން ދާދިފަހުން ވަނީ ހުޅުމާލޭގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެންސިސް ކުންފުންޏާއެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ދެވަނަ ދަރިފުޅަށް ބަލިވެއިން ދީޕިކާއާއި އާއިލާގެ ލޯބި ފޮޓޯތަކެއް!
ފަތްޖެހޭ "އައިފޯން ޑުއޯ" އާއެކު އެޕަލްގެ އާ ފޯނު މާކެޓަށް!
އީރާނާއި އެމެރިކާއިން ބޯޓުފަހަރަށް ހަމަލާދީ ހަމަނުޖެހުންތަކެއް