ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
ގިނަ ދުވަސްތަކަކަށްފަހު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން މިދިޔަ މަހު ތާވަލްކުރުމަށްފަހު ދައުލަތުގެ ވަކީލުން ބަލިވެގެން ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
މީގެއިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އެންގުމުން އެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ތާވަލްކުރަމުންނެވެ.
ޔާމީންގެ އަޑުއެހުންތައް ފުލުފުލުގައި ބާއްވަން ތާވަލްކޮށްފައި މިވަނީ ގާނޫނު ތަންފީޒު ކުރުމުގައި އެ މީހަކު ނިސްބަތްވާ ޕާޓީއަކަށް ނުވަތަ އާއިލާއަކަށް ނުބަލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިތާ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
74 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައި
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!
