ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންގެ މަގާމާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެތަނުގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އުފެއްދީއްސުރެ މިއަދާ ހަމައަށް އައިއިރު މުވައްޒަފުންގެ މަގާމާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެތަނުގައި މަސައްކަތް ކުރާ މުވވވައްޒަފުން މަސައްކަތް ހުއްޓާލާ މިއަދު ވަނީ ހަޅުތާލަށް ނިކުމެފަ އެވެ.
ޓްރައިބިއުނަލްގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އޮފީސް ކުރިމަތީގައި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޓުތައް ހިފައިގެން ހަޅުތާލުކޮށްފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއަށް އެ ޓްރައިބިއުނަލްގެ 13 މުވައްޒަފުން ސޮއިކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި 29 ނޮވެމްބަރު 2011 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލް އުފައްދައި، އޭގެ ފަހުން ވެރިކަމުގެ ތިން ދައުރު ނިމިދިޔައިރު ވެސް މުވައްޒަފުންގެ މަގާމާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ފާއިތުވެދިޔަ ދެ ތިން އަހަރުގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ދާއިރާ އާއި ކައުންސިލްތަކާއި ޖުޑީޝަރީގެ އިތުރުން އެތައް ދާއިރާއެއްގެ މުސާރައަށް ބޮޑު ކުރިއެރުމެއް ސަރުކާރުން ހޯދައިދިންކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"މި ދާއިރާތަކާ އަޅާބަލާއިރު ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ދެމުންދާ އަސާސީ މުސާރަ ކުޑަވެފައި ލިބެންޖެހޭ އެލަވަންސްތައް ވެސް ލިބެމުންނުދާކަން ފާހަގަކުރަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
މި ސަރުކާރުން އަންނަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިނިވަން ވޭޖްވެސް ކަނޑައަޅާފައިވާއިރު ބައެއް ދާއިރާތަކުގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ. އެކަމަކު މިކަމުގައި ވެސް އެންމެ އެދެވޭ ގޮތެއްގައި މުސާރައަށް ކުރިއެރުން ނުލިބޭތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި އިންތިހާބާ ދިމާކޮށް މިފަދަ ފިޔަވަޅުތައް ކުލިއަކަށް އަޅާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާރުވެސް މަސައްކަތް ކުރާވަގުތުގެ ޓައިމު އޮޑިޓެއް ހަދާފިކަމުގާވާނަމަ ދުވާލަކު ތިންގަޑީއިރު މަސައްކަތް ނުކުރާނެ ގިނަވަގުތު ހޭދަވާނީ ބޭކާރުވާހަކަ ދެއްކުން ނުވަތަ ބޭރުގާ ނުވަތަ ސައިބުއިމުގާ ނުވަތަ ފޯނުގާ ނުވަތަ ނޫސްކިއުމުގާ ނުވަތަ ޗެޓްކުރުމުގައި ތިބޭނީ. މީހަގީގަތް