ރަންބީރު ކަޕޫރާ އެކު އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ރަޝްމިކާ މަންޑަނާ ފެނިގެންދާނެ ފިލްމު "އެނިމަލް"ގެ ތަފާތު ޕޯސްޓަރުތަކެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މިއަހަރު ޑިސެންބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމަކީ މިއަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

މިފިލްމު އުފައްދާ ފަރާތުން މިހާރު ސޯޝަލް މިޑިއާއަށް ދޫކޮށްލާފައިވަނީ ރަންބީރްގެ ޕޯސްޓަރަކާއި އަނިލް ކަޕޫރްގެ ޕޯސްޓަރަކާއި ރަޝްމިކާ މަންދަނާގެ ޕޯސްޓަރެއްގެ އިތުރުން ބޮބީ ޑިއޯލްގެ ޕޯސްޓަރު އެވެ.

https://www.instagram.com/p/CxhfO3PLzYA/?utm_source=ig_embed&ig_rid=3eb91bd6-d521-4409-8dd6-9a053b4bfa1e

"އެނިމަލް" އަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ގޭންގްސްޓާ ޑާކް ތުރިލާއެކެވެ. މީގެ ކާސްޓްގައި ޓްރިޕްތީ ދިމްރީ އާއި ޝަކްތީ ކަޕޫރްގެ އިތުރުން ސުރޭޝް އޮބެރޯއީ ވެސް ހިމެނެ އެވެ.

https://www.instagram.com/p/CxpLV_DRHv_/?utm_source=ig_embed&ig_rid=dbfd2385-ad68-4375-b51b-8f80cfad53db

'އެނިމަލް'ގެ ފަސްޓް ލުކް ޕޯސްޓަރު ކުރިން ނެރުނު އިރު އޭގައި ވެސް ރަންބީރު ހުރީ ލެއާ އެކު، ކޯރާޑިއެއް ހިފައިގެންނެވެ.

"އެނިމަލް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ހޭދަކޮށްގެން ހަދާފައިވާ ފިލްމެކެވެ. މީގެ ރަސްމީ ޓީޒާ ޓްރެއިލާ އަންނަ ހުކުރު ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.