އެއްގަމު އުޅަނދުތައް ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދީފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ގޮތަށް މިދިޔަ ފަސް އަހަރުގެ ހުރިހާ ޕާކިން ސްޓިކާތަކާއި ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދެއްވާފައިވާ ކަމަށެވެ.
މާފުކޮށް ދިނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކޮށްފައިވާ ޖޫރިމަނާތަކެވެ.
ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ރައީސް ނިންމެވީ ޕާކު ކުރުމަށް އެކަށީގެންވާ ޖާގައެއް ދެއްކިފައި ނުވާތީ އެކަމަށް އާއްމުންނަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނެވެ އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދޭން ނިންމީ އެކަމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެއްގައި ބައިވެރިވާ މީހުންނަށެވެ.
މިހާރު މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވަނީ ހުޅުވާލާފަ އެވެ. އެއީ ފުލުހުން ކުރިއަށްގެންދާ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހެނީ ސިމްސް ޕޯޓަލް މެދުވެރިކޮށެވެ. އަދި އެ ފުރުސަތު އަންނަ މަހު 25 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޮސްކާގެ ސަޕޯޓިން އެކްޓަރުގެ އެވޯޑަށް އޭން ކެމްޕެއިން ކުރަނީ!
ސަންގެ މައްސަލަ އިސްތިއުނާފު ނުކުރީ ކުށް ސާބިތުނުވާނެތީ: ޕީޖީ
މައްކާ ހިމެނޭހެން ސައުދީގެ ބައެއް ސިޓީއަށް އަނެއްކާވެސް އިންޒާރު
