ގިނަ ދުވަސްތަކެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ބޮލީވުޑްގެ ތަރި ވަރުން ދަވަން އާއި ނަތާޝާ ދަލާލް ކައިވެނިކޮށްފި އެވެ.

މި ކައިވެނީގެ ހަފްލާ އޮތީ އަލިބާގްގެ ރިސޯޓެއްގަ އެވެ. އަދި ފެންނަ ފެނުމަށް މި ކައިވެނީގެ ހަފްލާތައް ކުރިއަށް ދިޔައީ ވަރަށް ޝާހީ ކޮށެވެ. އާންމުވެފައިވާ މި ކައިވެނީގެ ފޮޓޯތަކަށް ބަލާއިރު ސަޅިއޭ ނުބުނެ ދޫކުރެވޭ ވަރެއް ނޫނެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނީގެ ހަފްލާގެ ތެރެއިން/ ފޮޓޯ:އިންސްޓަގްރާމް

މި ކައިވެނިކޮށްފައި ވަނީ ހިންދޫންގެ ސަގާފަތްތަކާ އެއްގޮތަށެވެ. ކައިވެނީގެ ހަފްލާ ބާއްވަން ނިންމާފައި އޮތީ އިންޑިއާ ގަޑިން ހަވީރު ހަތަރެއް ޖަހާއިރު ކަމަށްވިޔަސް، "ހަލްދީ"ގެ ހަފްލާ މާ ދިގުލައިގެން ދިއުމުން ކައިވެނީގެ ހަފްލާ ފެށިފައިވަނީ ހައެއް ޖެހިއިރު އެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނީގެ ހަފްލާގެ ތެރެއިން/ ފޮޓޯ:އިންސްޓަގްރާމް

މި ހަފްލާގައި ވަރުން ލައިގެން ހުރީ ޝޭރްވާނީ އެކެވެ. ނަތާޝާ ލައިގެން ހުރި ހެދުން ޑިޒައިން ކޮށްފައިވަނީ އޭނާ އަމިއްލަ އަށެވެ.

ކައިވެނީގެ ހަފްލާ ނިންމާލުމަށް ފަހު ވަރުން އާއި ނަތާޝާ ވަނީ މީޑިއާތަކާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފަ އެވެ.

ކައިވެނީގެ ހަފްލާ ނިންމާލުމަށް ފަހު ވަރުން އާއި ނަތާޝާވަނީ މީޑިއާ ތަކާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައި