ގދ. ވާދޫގައި ބަހައްޓަފައި ހުރި ވޯޓު ފޮއްޓެއް އެއްލާލާ ވޯޓު ފޮށި ފަޅާލައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. ގދ. ވާދޫގައި ވޯޓު ފޮއްޓަކަށް ގެއްލުން ދިނީ ވޯޓުލާ ކިޔޫ ބަންދު ކުރި ފަހުން ވޯޓު ލާން ދިޔަ މީހެކެވެ.
އޭނާ ވޯޓު ފޮށި ނަގާ އެއްލާލުމުގެ ސަބަބުން ވޯޓު ފޮށިގައި ހުރި ވޯޓު ކަރުދާސްތައް ވަނީ ބިންމައްޗަށް އެޅިފަ އެވެ.
އެމީހާ ވޯޓު ފޮށި ނަގާ އެއްލާލީ އައިޑީ ކާޑު ނުގެންދާތީ، ކިއޫ ބަންދުކުރިއިރު އޭނާއަށް ވޯޓު ނުލެވުމުންނެވެ.
ފުލުހުން ބުނީ ގދ. ވާދޫގައި ވޯޓު ފޮށި ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އެތަނަށްގޮސް އެމީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެތަން ހުރީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އަންނަންދެން ހަމަ އެގޮތަށެވެ.
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
ޓްރަމްޕް ވައިޓް ހައުސް ފަރިއްކޮޅުގައި ބަޑީގެ ހަމަލާއެއް
