މިދިޔަ އޮގަސްޓް މަހު އޮލިމްޕަހުގައި އެޅުވި ފިލްމު "ނީނާ" ގައި ހިމެނޭ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ އައިޓަމް ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

"އައްޒަ" ނަމުން ނަން ދީފައިވާ މިލަވާގައި ފެނިގެންދަނީ ރާއްޖޭގެ މަޝްހޫރު ބަތަލާ އައްޒަ އެވެ. ވަރުގަދަ ނެށުންތަކެއް ފެނިގެންދާ މިލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާ އާއި އޭނަގެ ފިރިމީހާ މުހައްމަދު އަބްދުކް ޢަނީ (ތޭރަވާ) ގެ އިތުރުން އެކްޓަރު އިފްނާޒް ފިރާގު އެވެ. ލަވައިގެ ޅެމާއި މެލޮޑީ ވެސް ތޭރަވާ ހަދާފައިވާ އިރު، ލަވައިގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ.

https://www.youtube.com/watch?v=I5ij6oIQHME&t=31s

އާސިމް ޢަލީ އަދި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް، 'އައި ފިލްމްސް' އިން ގެނެސްދޭ "ނީނާ" އަކީ 2019 ގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަށް ފަހު އިއްލެ ގެނެސްދިން ދެވަނަ ފީޗާ ފިލްމެވެ.

މިފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.

ނީނާގެ ޓައިޓްލް ރޯލު ކުޅުނީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މިފިލްމުގައި ދެން ފެނިގެންދާ ތަރިންނަކީ ޝަރަފް ޢަބްދުﷲ، ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާ ހިމެނެ އެވެ.

މީގެ އިތުރުން ވެސް މި ފިލްމް އިން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ވެސް ހިމެނެއެވެ.