ދިވެހި އެފްއެއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝަހުދާ މަހުދޫމް ޑައިރެކްޝަށް ނުކުމެއްޖެ އެވެ.
ދިވެހި އެފްއެމްގެ އިތުރުން ޓީވީއެމްގެ ޕްރޮގްރާމްތައް ވެސް މިހާރު ހުށަހަޅާ ޝަހުދާގެ ފުރަތަމަ ޑައިރެކްޝަނަކީ ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ވެބް ސީރީޒެކެވެ.
ޝަހުދާ ޑައިރެކްޓްކުރަނީ "ޑާކްރެއިން ކްރޮނިކްލްސް"ސީޒަން ދޭއްގެ އެޕިސޯޑްތަކުގެ ތެރޭގައި ހިމެނޭ "ލެމަން ކޭކް" އެވެ.
"ލެމަން ކޭކް" އަކީ ޝަހުދާގެ އަމިއްލަ ސްކްރީންޕްލޭއަށް ޑައިރެކްޓްކުރާ ސީރީޒެކެވެ.
"ލެމަން ކޭކް" ގެ ކާސްޓްގައި ތެރޭގައި ޝަހުދާގެ ފިރިމީހާ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާރިފުގެ އިތުރުން އައިޝާ އަލީ ވެސް ހިމެނެ އެވެ.
އޭގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޑާކް ރެއިނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޝަހުދާ ޑައިރެކްޝަނަށް ނުކުތް އިރު، އޭނަ އަކީ ވާހަކަ ވެސް ލިޔުންތެރިއެކެވެ.
ދިވެހި އެފްއެމް އަޑުއެހުންތެރިންގެ ތެރޭގައިވެސް ޝަހުދާ ބޮޑަށް މަޤުބޫލުވެފައިވަނީ އޭނާގެ އަސަރުގަދަ ރޭޑިއޯ ޑްރާމާ ސިލްސިލާތަކުގެ ސަބަބުންނެވެ. އަމިއްލައަށް ވާހަކަ ލިޔެ ރޭޑިއޯ ޑްރާމާތައް އުފެއްދުމުގެ އިތުރުން ޝަހޫއަކީ ތަފާތު ކެރެކްޓަރތަކަށް އަޑުއެޅުމުގައި ވެސް ފާހަގަކޮށްލެވޭ ޕްރެޒެންޓަރެކެވެ.