މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ޑޮކިއުމެންޓްރީ މިހާރު ނެޓްފްލިކްސްއިން ވަނީ ޕްރިމިއާ ކޮށްފަ އެވެ.

ވިހި މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން އުފައްދާފައިވާ މި ޑޮކިއުމެންޓްރީ ޕްރޮޑިއުސްކުރާނީ ބެކަމްގެ ޕްރޮޑަކްޝަން ސްޓޫޑިއޯ، ސްޓޫޑިއޯ 99 އާއި ބެކްސްޓެކްގެ ވެންޗާ އައިލެންޑާ ގުޅިގެންނެވެ. މިޑޮކިއުމެންޓްރީގައި ޑައިރެކްޓްކުރަނީ އޮސްކާ އެވޯޑް އުފުލާލާފައިވާ ފިޝާ ސްޓީވެންސް އާއި ޖޯން ބެޓްސްޓެކް އެވެ.

މި ޑޮކިއުމެންޓްރީގައި ޑޭވިޑް ބެކަމްގެ ގިނަ ކަންތައްތައްކެއް އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް ވަނީ ފަޅާއަރުވާލާފަ އެވެ. އެގޮތުން އެމީހުންގެ ކައިވެނީގެ ބޭރުން ބެކަމް ގުޅުންތައް ބޭއްވި މީހުންގެ މައުލޫމާތު ވެސް ވަނީ ހާމަކޮށްފަ އެވެ.

މިޑޮކިއުމެންޓްރީގައި ވިކްޓޯރިއާ ވަނީ މީގެ 20 އަހަރު ކުރިން ބެކަމް އާއި ރެބެކާ ލޫސް އާ އޮތް ގުޅުމުގެ މައްޗަށް ވާހަކަ ދައްކައިފަ އެވެ. ރެބެކާ ލޫސް އަކީ 2003 ވަނަ އަހަރު ބެކަމްގެ ޕީއާރު އެސިސްޓެންޓެކެވެ

ރެބެކާ އާއި ޑޭވިޑް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަތައް ފެތުރިފައިވަނީ 2003 ވަނަ އަހަރު ޑޭވިޑް ރެއާލް މެޑްރިޑްގައި އުޅުނު ދުވަސްވަރު އެވެ. އެ އަޑުތައް ފެތުރިފައިވާއިރު، އޭގެ ފަހުން އައި މަސްތަކަކީ ފަހަރެއްގައި އޭނާގެ ހަޔާތުގައި އެންމެ ބުރަ މަސްތަކެއް ކަމަށް ވިކްޓޯރިއާ އިއުތިރާފުވި އެވެ.

https://www.youtube.com/watch?v=DEIZwHrmvMo

މި މައްސަލަތަކުގެ ތެރޭގައި ދެމީހުންގެ ދެމެދުގައި ކުޅުންތައް ގޯސްވެގެންދިޔަ އެވެ. ވިކްޓޯރިއާ ވަނީ އެމީހުންގެ ދަރިން ބްރޫކްލިން އާއި ރޯމިއޯގެ ހަމަޖެހުން ދެމެހެއްޓުމަށް އިނގިރޭސިވިލާތުގައި މަޑުކޮށްފަ އެވެ.

ޑޭވިޑް އާއި ވިކްޓޯރިއާގެ ގުޅުންތައް ރަނގަޅު ކުރުމަށް ގިނަ ގޮސްޖެހުންތަކެއް ކުރިމަތިވި އެވެ. އެމީހުންގެ ގުޅުންތައް ރަގަޅުވާ ފެށި އެމީހުން ލޮސް އެންޖެލިސްއަށް ބަދަލުވުމާ ގުޅިގެންނެވެ. އެމީހުންގެ ތިންވަނަ ދަރިފުޅު ލިބުނީ މިދުވަސްވަރު އެވެ.

ބެކަމްގެ އާއިލާ އާއި ބައެއް ރައްޓެހިންގެ އިންޓަވިއުތައް ވެސް މި ޑޮކިއުމެންޓްރީގައި ވަނީ ގެނެސްދީފަ އެވެ. މީގެ އިތުރުން ބެކަމްގެ ދަރިފުޅު ބްރޫކްލީއަށް އޭނާ ބާއްވައިދިން އޭ ލިސްޓު ކައިވެނި ވެސް ދައްކާލައިފަ އެވެ. ބްރޫކްލީ ކައިވެނިކުރީ ބިލިއަނަރު ނެލްސަން ޕެލްޓްސްގެ ދަރިފުޅު ނިކޮލާ ޕެލްޓްސްއާ އެވެ.