އިޓަލީއަށް އުފަން ސެނެގާލްގެ ކަބީ ލަމޭ ފޯބްސް މެގަޒިންގެ އެންމެ މަޝްހޫރު ޓިކްޓޮކް އިންފްލުއެންސާއިންގެ ލިސްޓުން ޖާގަ ހޯދާފި އެވެ.

ކަބީ ލަމޭ ފޯބްސް މެގަޒިންގެ އެންމެ މަޝްހޫރު ޓިކްޓޮކް އިންފްލުއެންސާއިންގެ ލިސްޓުން ޖާގަ ހޯދާފައިވަނީ އެންމެ ތިން އަހަރުގެ ތެރޭގައި 160 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާއެކު އެވެ. އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތަކައި 244 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބެ އެވެ.

"ކަބި ލާމޭ"ގެ ނަމުގައި ޓިކްޓޮކް އެކައުންޓެއް ހުޅުވައި އޭނާގެ އަމިއްލަ ވީޑިއޯތައް ޕޯސްޓުކުރަން ފެށީ އޭނާ އަދާކުރަމުން ދިޔަ ކާރު ހަދާ ފެކްޓްރީގައި އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ ގެއްލުމުންނެވެ.

އޭނާ މަގުބޫލުވީ ކޯވިޑް-19 ގެ ދުވަސްވަރު އެހެން މީހުންނަށް ނަކަލުކޮށް މަލާމާތްކޮށް، އޭނާގެ މަސައްކަތްތައް ކުރަން އެންމެ ފަސޭހަ ގޮތް ދައްކައިގެންނެވެ.

https://www.youtube.com/watch?v=lTyYMIc2SpQ

އޭގެ ފަހުން އޭނާގެ ޓިކްޓޮކްގައި 2.4 މިލިއަން ލައިކްސް އާއި އެކު 160 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ލިބިފައިވާއިރު، މި ކުރިއެރުމާއެކު އޭނާ ވަނީ ދުނިޔޭގެ ބޮޑެތި ބައެއް ބްރޭންޑްތަކާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.

ފޯބްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޭމް ވަނީ ދުނިޔޭގެ ބައެއް މަޝްހޫރު ބްރޭންޑްތަކާއެކު މަސައްކަތް ކޮށްފަ އެވެ. މިއަހަރު ކަބީ ވަނީ މެޓް ޑެމަން، ރޮބަޓް ޑައުނީ ޖޫނިއާ އަދި ޓޮމް ކްރޫޒް އާއިއެކު ޓިކްޓޮކް ސްކިޓްތައް ހަދާފައެވެ. އަދި ސޮކާ ލެޖެންޑް ޑޭވިޑް ބެކަމް އާއި އެކު ޕެނަލްޓީ ޖެހުމުގެ އިތުރަށް އިންޝުއަރެންސް ޖަޔަންޓް ސްޓޭޓް ފާމްގެ ސުޕަ ބޯލް އެޑް އިޝްތިހާރެއްވެސް ކުޅެފައިވެއެވެ. ހޫގޯ ބޮސް ފަދަ މަޝްހޫރު ބްރޭންޑްތަކާއިއެކު މަސައްކަތްކޮށްގެން މިހާރު އޭނާ ވަނީ 16.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ.

ލޭމް އަކީ މިހާރު މަހަކު 230 މިލިއަނަށް ވުރެ ގިނަ ކުޅުންތެރިން ކުޅޭ ވީޑިއޯ ގޭމެއް ކަމަށްވާ ފޯޓްނައިޓްގެ ތަރިއެކެވެ.

https://www.youtube.com/watch?v=e23pW_0BPo0&embeds_referring_euri=https%3A%2F%2Fmihaaru.com%2F&source_ve_path=Mjg2NjY&feature=emb_logo

ފޯބްސް އިން ބުނާ ގޮތުގައި ޖޫން 2022 ގެ ނިޔަލަށް ލޭމްގެ މިލިކިއްޔާތުގައި 16.5 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) އެބަހުއްޓެވެ.

ފޯބްސްގެ އެންމެ މަގުބޫލު އިންފްލޫއެންސަރުގެ ގޮތުގައި ހިމެނިފައިވާ ލޭމް ފާހަގަކުރާ ގޮތުގައި އޭނާ މަސައްކަތްކުރާ ބްރޭންޑްތަކަކީ އޭނާގެ އާއިލާއާއި ރައްޓެހިންނަށް ފިޓްވާ ބްރޭންޑްތަކެއް ކަމަށާއި މިއީ ބަނގުރަލާއި ސިނގިރޭޓާއި އިންސާނުން ބޭނުންކުރުމަށް ނުރަނގަޅު އެއްވެސް އުފެއްދުމެއް ނުހިމެނޭ ކަމަށެވެ.