ކޮލެޖް ދުވަސްވަރު ސައިންސް ސްޓްރީމް ކިޔަވަން ފެށުމުން ހަގީގަތުގައި ވެސް ހިތާމަކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން ބުނެފި އެވެ.

ސޮނީ ޓީވީން ދައްކާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ 15 ވަނަ ސީޒަންގައި އަމީތާބު ބުނީ އޭނާ ކޮލެޖުގައި ކިޔެވި ދުވަސް ވަރު ސައިންސް ސްޓްރީމްގައި ހިމެނޭ މާއްދާތައް ކިޔަވަން ނެގުމުގެ ސަބަބުން ހިތާމަ ކުރާ ކަމަށެވެ. އަދި ފިޒިކްސް މާއްދާއިން ފާސްނުވި ދުވަހަކީވެސް ވަރަށް ހަނދާން ހުންނަ ދުވަހެއް ކަމަށްވެސް އޭނާ ބުންޏެވެ.

ކޮލެޖުގެ ކިޔެވުން ނިންމާލުމަށްފަހު އަމީތާބު ފުރަތަމަ މަސައްކަތް ކޮށްފައިވަނީ މައިނިން ކުންފުންޏެއްގައި އެވެ.

އަމީތާބު ބޮލީވުޑަށް ނިކުތީ 1969 ވަނަ އަހަރު އެވެ. އޭނާ މިހާރު ފިލްމު ކުޅޭތާ 54 އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ.

"ކޯން ބަނޭގާ ކްރޯޅްޕަތީ" ވެގެން ގޮސްފައިވަނީ އާއްމުކޮށް ޓީވީ ނުބަލާ ގިނަ ބަޔަކު ޓީވީ ބެލުމަށް ޝައުގުވެރިކުރުވި ޝޯއަކަށެވެ. މިއީ ހިތާމަވެރި ސިލްސިލާތައް ބަލަން ދެވި ހިފާފައި ތިބި މީހުންގެ ޝައުގުވެރިކަން އަތުލެވުނު ހަމައެކަނި ގޭމް ޝޯ އެވެ. ޚާއްސަކޮށް، އަމީތާބު މި ޝޯ ހޯސްޓްކުރާލެއް ފުރިހަމަކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. ޝޯގައި ބައިވެރިވާ ވަރަށް އާދައިގެ މީހުންނަށް ވެސް އިހްތިރާމާ އެކު އަމީތާބު ވާހަކަ ދައްކާ ގޮތުން ގިނަ ބައެއްގެ ހިތް އޭނާ ވަނީ އަތުލައިފަ އެވެ.