މިދިޔަ މަހު ރާއްޖެއަށް 130،967 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ޖުމުލަ 130،967 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނަށް ވުރެ 16.94 އިންސައްތަ އިތުރު އަދަދެކެވެ.

މި އަދަދާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.36 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ސެޕްޓެމްބަރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 4،366 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 25،065 ފަތުރުވެރިން ޒިޔާރާތްކޮށްފަ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 14،092 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ރަޝިޔާއިން އައިސްފައިވަނީ 12،375 ފަތުރުވެރިންނެވެ.