ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ އެންމެ ކުޑައިރު ވެސް ދުށް ހުވަފެނެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ މިހެން ބުނެފައިވަނީ ވޯގް ސިންގަޕޯއަށް ދިން އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި އޭނާ ވަނީ އޭނާގެ ފިލްމީ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އާލިއާ ބުނެފައިވަނީ އޭނާ ބޮޑުވެގެން އައީ ފިލްމީ މަސައްކަތްތަކުގެ ތެރޭގައި ކަމަށާއި އޭރު އެ މަސައްކަތްތަކަށް ޝައުގުވެރިކަން އުފެދުނު ކަމަށެވެ.

ބޮލީވުޑްގައި ހޭދަ ވެފައިވާ 10 އަހަރު ތެރޭގައި ނަން މަޝްހޫރު ގިނަ ތަރިންތަކަކާއެކު އާލިއާ މަސައްކަތް ކޮށްފައިވާއިރު އެ މީހުންގެ ފަރާތުން ވެސް ގިނަ ކަންކަން ދަސްވެފައިވާ ކަމަށް އާލިއާ ބުންޏެވެ.

އެގޮތުން ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރުމަކީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އެ ތަޖުރިބާއިން އޭނާގެ މަސައްކަތުގެ ވައްޓަފާ ޅިއަށް އެދެވޭ ބަދަލުތަކެއް އައި ކަމަށްވެސް އާލިއާ ބުންޏެވެ. އާލިއާއާއި ޝާހު އެކުގައި ފެނުނީ "ޑިއާ ޒިންދަގީ"އިންނެވެ.

އާލިއާއަކީ "ރާޒީ"، "ހައިވޭ" އަދި "ގަންގުބާއީ ކަތިއާވަޑީ" ފަދަ ކާމިޔާބު ފިލްމުތަކެއްގެ ލީޑު ރޯލުން ފެނިފައިވާ ތަރިއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރާއެކު ކުޅުނު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އެވެ.