މަޝްހޫރު ފަންނާނުންގެ ނެށުމުގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދާ ނެށުމުގެ ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގެ 11 ވަނަ ސީޒަން ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިފަހަރުގެ ސީޒަންގައިވެސް މަޝްހޫރު އެތަކެއް ފަންނާނުން ފެނިގެންދާނެ އެވެ.

ކަލާރސް ޓީވީ އިން ގެނެސްދޭ "ޖަލަކް ދިކްލާޖާ 11 " ދައްކާނެ ތާރީހު އަދި އިއުލާނުކޮށްފައިނުވާއިރު މިފަހަރުގެ ޝޯގައި ބައިވެރިވާނެ ޖަޖުންނާ ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައިނުވެ އެވެ.

"ޖަލަކް ދިކްލާޖާ 10" ގައި ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރާއި ބަތަލާ މަދޫރީ ޑިކްސިޓްގެ އިތުރުން ނޯރާ ފަތޭ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައިވެސް މަޝްހޫރު ޓީވީ ތަރިންނާއި ސޯޝަލް މީޑިއާގައި ފާހަގަކޮށްލެވޭ ފަންނާނުން ފެނިގެންދާނެ އެވެ.

ޖަލަކް ދިކްލާޖާ 11 ގައި ފެންނިގެންދާނެ ބައެއް ތަރިން:

  1. އާމިރު އަލީ
  2. ޝިވަންގީ ޖޯސީ
  3. ޝިވް ތަކަރޭ
  4. ސުމްބުލް ތޯގީރު
  5. މަނީޝާ ރާނީ
  6. ޝޮއިބް އިބްރާހިމް
  7. އަރުޝީ ޚާން
  8. ސުރްބީ ޖިއޮތީ
  9. އުރުވާޝީ ދޮލަކިޔާ
  10. އައިޝާ ސިންގް
  11. ޓްވިންކަލް އަރޯރާ

އެހެންނަމަވެސް މިއީ އަދި ފައިނަލް ލިސްޓެއް ނޫނެވެ. ކަލާޒްއިން އަދި މިފަހަރުގެ ޖަލަކް ދިކްލާޖާގައި ބައިވެރިވާނެ ފަންނާނުނެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޑާންސް ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ބޮޑު މަގޫބޫލުކަމެއް ހޯދާފައިވާ ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަން ކާމިޔާބު ކުރީ އެޝޯގެ އެންމެ ހަގު ބައިވެރިޔާ ގުންޖަން ސިންހާ އެވެ.