މައްކާގެ ބޮޑު ގަޑި ޓަވަރަކީ މައްކާއަށް ދާ މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުން ވެސް އެންމެ ޝައުގުވެރިވާ އެއް އިމާރާތެވެ. ދިގުމިނުގައި 601 މީޓަރު ހުންނަ އެ ޓަވަރުގެ އެންމެ ކޮޅުގައި ހުންނަނީ ހަނދު ފަޅި އެކެވެ.
އެ ހަނދުފަޅީގެ އެތެރޭގައި ވަނީ ކޮން އެއްޗެއް ކަމާމެދު ގިނަ ބަޔަކު ސުވާލު ކުރެ އެވެ. ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ އެ ހަނދުފަޅީގެ އެތެރޭގައި ނަމާދުކުރަން ހާއްސަ ކޮޓަރިއެއް ނުވަތަ ކުޑަވަރެއްގެ މިސްކިތެއް ހުންނަ ކަމެވެ.
ޓަވަރު އިމާރާތް ކުރަމުން ދިޔަ ދުވަސްވަރު ޓަވަރުގެ އުސްމިނުގެ ސަބަބުން އިމާރާތް ކުރުމުގައި އުޅުނު މީހުންނަށް ކޮންމެ ފަހަރަކު ނަމާދު ކުރަން ތިރިއަށް ފައިބަން އުނދަގޫވާތީ ޓަވަރުގެ ޑިޒައިނަރުން ނިންމީ މަތީގައި ތިބެގެން ނަމާދު ކުރެވޭނެ ގޮތެއް ހެދުމަށެވެ.
އެގޮތުގެ މަތިން އިމާރާތް ކުރެވުނު އެ ކޮޓަރި މިއަދާ ހަމައަށް ވެސް އެގޮތުގައި އެބަ ހުއްޓެވެ. އެ ކޮޓަރިން ހަރަމްފުޅުގެ ފުރިހަމަ މަންޒަރު ފެނުނު ނަމަވެސް އެއީ އާއްމުންނަށް ހުޅުވާލެވިފައިވާ ތަނެއް ނޫނެވެ.
ބޮޑު ގަޑި ޓަވަރުގެ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އެޓަވަރުގެ ކޮޅުގައި ހަރުކޮށްފައިވާ ދެ މިލިއަނެއްހާ ލެޑް ލައިޓެވެ. 17 ކިލޯމީޓަރު ދުރަށް ފެންނަ އެ ލެޑް ލައިޓްތަކުން ރޭގަނޑު އެޓަވަރުގެ މަންޒަރު އިތުރަށް ފުރިހަމަކޮށްދެ އެވެ.
ކޮންމެއަކަސް ބޮޑުގަޑި ޓަވަރަކީ މައްކާއަށް ޒިއާރަތްކުރާ މުސްލިމުންގެ އިތުރުން ފަތުރުވެރިންވެސް އެތަނެއް ބަލާނުލާ ހިތްހަމަ ނުޖެހޭނެ ތަނެކެވެ.
ޣައިރު މުސްލިމުންނަށް މައްކާއަށް ދެޥޭކަމެއް އަހުން ނުދަންނަން އެކަމަކު ކްލޮކްޓަވަރގެ ހަނދުފަޅީގަ މިސްކިތް ހުންނަކަން އެނގޭ
ތިޔައީ މީހުނަށް ނޭނގޭ ކަމެއް ވަރަށް ގިނަމީހުން ދަންނަ ކަމެއް .