އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަސައްކަތްތަކަށް އެކުލަވާލި ޓީމުތަކުގެ ތެރެއިން ފޮރިން މިނިސްޓްރީ އަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީގެ މެމްބަރުން އެ މިނިސްޓްރީގެ އިސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ހޯދައިފި އެވެ.
އިންތިގާލީ ކޮމެޓީގެ މެންބަރުން އިއްޔެ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވާ ފޮރިން މިނިސްޓްރީގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައިފަ އެވެ.
ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ޝާހިދު ވަނީ މުއިއްޒުގެ އިންތިގާލީ ކޮމިޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ، އޭނާގެ ފުރިހަމަ އެއްބާރުލުން ކޮމިޓީގެ މެމްބަރުންގެ މަސައްކަތްތަކުގައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދެއްވައިފަ އެވެ.
އިންތިގާލީ މަސައްކަތްތަކަށް މުއިއްޒުގެ ފަރާތުން ޖުމްލަ 15 ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. އެއީ ސަރުކާރުގެ އިދާރާތަކަށް އަށް ޓީމާއި ސަރުކާރުގެ ކުންފުނިތަކަށް ހަތް ޓީމެވެ. ކުރިއަށް ހުރި ދުވަސްތަކުގައި މި ޓީމުތައް އެކިއެކި ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކްސިޑެންޓްވި ސަރަހައްދުގެ ކަނޑު އަޑިން އަތެއް ފެނިއްޖެ
ހަމަ ނިދި ނުލިބޭނަމަ ކުއްލި މަރަށް މަގުފަހިވޭ: ދިރާސާ
އައްޑުއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ތަހުގީގު ކުރަނީ