ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖެއް ފުލުހުން ފޮނުވަން ފަށައިފި އެވެ.
ފުލުހުން ބުނީ ބްރިޖްގައި ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށެވެ.
މިފަދަ މެސެޖެއް ފޮނުވަން ފެށީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ.
ބްރިޖުގައި ބާރަށް ދުއްވާނަމަ ފޮނުވާ އިންޒާރުގެ މެސެޖު އިބާރާތް ކުރެވިފައި އޮންނާނެ ގޮތްވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމަރާތައް މެދުވެރިކޮށެވެ.
ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެ މެސެޖުކުރަން ފުލުހުން ތައްޔާރުވަމުން މިދަނީ ބްރިޖުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ނުރައްކާވާން ފަށާފައިވަނިކޮށެވެ.
މިތިބަ ގަބުޅިންނޭ ކޮން މެސެޖެއް ފޮނުވާކަށް....ކޮން ފިރުމުމެއް ފިރުމާކަށް ވަގުތުން ފިޔަވަޅު އަޅަންވީ..އިޢުލާން ކުރަންވީ މާދަމާއިން ފެށިގެން އެފަދަ މީހުންނަށް ފިޔަވަޅު އަޅާނަމޭ .....ނިމުނީ.